ކައުންސިލުން ހަވާލުކުރި މި މަސައްކަތުގެ ދަށުން 79 އޭސީ ބަހައްޓާނެ އެވެ.
މާފުށީ ކައުންސިލުން އެރަށު ސްކޫލް އޭސީ ކުރަން ނިންމައި އެ މަސައްކަތް މާފުށީ ކައުންސިލް ކުންފުންޏަށް ހަވާލުކޮށް މަސައްކަތް ފަށައިފި އެވެ.
ދާދިފަހުން މާފުށީގައި އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުންޏަށް މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ރަށު ކައުންސިލުންނެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސެއިން ސޮލާހު އެވެ. އަދި މާފުށީ ކައުންސިލް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު އެވެ.
މި އެއްބަސްވުމުގެ ދަށުން މާފުށީ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލުގައި 79 އޭސީ ހަރުކުރާނެ އެވެ. މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމަން މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މަސައްކަތް މަހެއްގެ ތެރޭ ނިންމާލެވޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ކައުންސިލް ކުންފުންޏަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ