ކްރިމިނަލް ކޯޓުގައި ދޭވާނީއެއް ނުވަތަ ހައްދު ޖަހާ މީހަކު ނެތިގެން ހައްދު ޖެހުން ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަން ހާމަވެއްޖެ އެވެ. އެކަން ހާމަވީ ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ވާހަކަ ދެއްކެވުމުން ނެވެ.
ޝަމީމް ވިދާޅުވީ ހައްދު ޖަހަން ކްރިމިނަލް ކޯޓުން ހުކުމް ކުރާ ކަމަށާއި ނަމަވެސް އެކަން ކުރާނެ މީހަކު ނެތުމުން ހައްދު ޖެހުން ތަންފީޒު ނުކުރާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ހައްދު ނުޖަހާ ހޭދަވީ ކިހާ ދުވަހެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ހައްދު ޖެހުމަކީ ކްރިމިނިލް ކޯޓުގެ ޒިންމާއަކަށްވުރެ ބޮޑަށް އެއީ ކަރެކްޝަންސްގެ ޒިންމާއެކެވެ. އެހެންނަމަވެސް އެކަން ކްރިމިނަލް ކޯޓުން ކުރަނީ ކީއްވެގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ދޭވާނީއެއް ހޯދަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އިއުލާންވެސް ކޮށްފަ އެވެ.
އިސްލާމީ ޝަރީޢަތުގައި ޙައްދަކީ ވަކިކުށެއް ކޮށްފިމީހަކަށް الله تعالى ގެ ޙައްޤައްޓަކައި ޝަރީޢަތުގައި ވަކިމިންވަރު ކަނޑައަޅުއްވާފައިވާ އުޤޫބާތްތަކެވެ. އެގޮތުން ރާއްޖޭގައި ޙައްދު ޖެހުން މާނަކޮށްފައިވަނީ ކުށްކުރުމުން ކަނޑައެޅިފައިވާ އަދަދަށް އެމީހެއްގެ ގައިގައި ދުއްރައިން ތެޅުމަށެވެ. ހައްދުގެ ޢަދަދު ކަނޑައަޅުއްވާފައިވާ ފާފަތަކުގެ ތެރޭގައި ޒިނޭކުރުމާއި ޤަޛްފުކުރުމާއި ރާބުއިން ހިމެނެއެވެ.
ޕިކަޕެއްގެ ތެރޭގައި އޮތް ވޮލެޓަކުން ވައްކަންކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި ކްރިމިނަލް ކޯޓުން ހޯމް މިނިސްޓަރާއި ފުލުހުންތަކަކަށް ފިޔަވަޅު އަޅަނީ ތިޖޫރި ފަޅާލައި ޑޮލަރުތަކެއް ވަގަށް ނެގި މީހާގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި މާރީމާރީ އާއި ގުޅ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ