ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ: މެޓް އޮފީސް ރާއްޖޭގެ އިހުސާސުކުރެވޭ ޓެމްޕްރޭޗަރު 44 ކުން މައްޗަށް މޫސުން ގޯސްވެ، މުޅި ރާއްޖެ ހުދު ސަމާލުގައި ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި މަގުބޫލު ލިޔުންތައް މަތިކިޅި އީކޯ ގާޑ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައެރުމަކީ އެކަށީގެންވާކަމެއް، ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
މެޓް އިން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިތުރަށް މެޓުން ބުނީ އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެ އިދާރާއިން ވަނީގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވައިޖެހި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ