ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަނީ، އެމްޑީޕީއާ ކޮންގްރެސް ނުހިމެނޭ

މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ޖުމްލަ ހަ ޕާޓީއަކަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ކޮންގްރެސް ޕާޓީއަށެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ހަތަރު ޕާޓީއަކަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން، ފިނޭންސް މިނިސްޓްރީ ގައި އެދިއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެ އަދަދު އެ ޕާޓީއެއް ގައި ހަމަވޭތޯ ބަލާނީ ދައުލަތުގެ އެ އަަހަރުގެ ބަޖެޓް ފާސްކުރާ ދުވަހާއި ހަމަައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ގައި އެ ޕާޓީއެއްގެ މެންބަރުން ކަމަށް ބަޔާންކޮށްފައިވާ އަދަދުންނެވެ.މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ޖުމްލަ ހަ ޕާޓީއަކަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ކޮންގްރެސް ޕާޓީއަށެވެ. އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ ސަރުކާރު ހިންގާ ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހަ ޕާޓީގެ ތެރެއިން މިވަގުތު ފައިސާ ދޫކުރަން ފޮނުވީ ހަތަރު ޕާޓީއަކަށް ކަމަށެވެ. އެއީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި އެމްޑީއޭ އަށެވެ.ލިސްޓްގައި މިވަގުތު ނެގީ ކޮންގްރެސް ޕާޓީއާ އެމްޑީޕީ އެވެ. ކޮންގްރެސް އަށް ފައިސާ ދޫކުރުން ލަސްވަނީ އެ ޕާޓީގެ ރަސްމީ އެކައުންޓް ނަންބަރެއް އަދި ހިއްސާ ކޮށްފައި ނެތުމުންނެވެ. އެމްޑީޕީއަށް ފައިސާ ދޫކުރަން އަންގާނީ އެ ޕާޓީގެ އަހަރީ ރިޕޯޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ. އެ ރިޕޯޓް ލިބުނީ ވަރަށް ފަހުން ކަމަށް ކޮމިޝަނުން ބުންޏެވެ.ނަމަވެސް ރިޕޯޓް ބެލުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރަން ފޮނުވޭވަރު ވާނެ ކަމަށް ބުންޏެވެ.މި އަހަރު މި ޕާޓީތަކަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ނަމަވެސް މި އަހަރު ފައިސާ ދޫކުރާ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއާ އެމްޑީއޭ ގައި އެ އަދަދަށް މެންބަރުން ނެތެވެ. އެ ދެ ޕާޓީގައި ނުވަހާސް މެންބަރުން ވެސް ނުހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދައުލަތުގެ މި އަހަރުގެ ބަޖެޓް ފާސްކުރި ދުވަހާއި ހަމައަށް އަދާލަތާއި އެމްޑީއޭ ގައި ވެސް 10،000 މެންބަރުން ހަމަވާ ކަމަށެވެ. އަދި މިއަދު އާންމު ކުރި ލިސްޓްގައި ހިމެނޭ އަދަދަކީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ