200 މީޓަރ ބެކްސްޓްރޯކް އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކޮށްފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އުންމީދީ ފެތުންތެރިއާ އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ.
އުމުރުން 13 އަހަރުގެ ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ރެކޯޑް ހެދީ 01:05.53 އިން ރޭސް ނިންމައިގެންނެވެ. އަދި މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނައަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ތަޒްކިޔާ 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:51.26 އިން ރޭސް ނިންމައިގެންނެވެ. އަދި މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން އެވެ. ސައުސަން އެފަހަރު އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ.
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ