ލާމާރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުން ހިޔާލު ހޯދަނީ

ރާއްޖޭގައި ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށީ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އެވެ.
ލާމާރުކަޒީ ނިޒާމަށް އަލަށް ގެންނަން މަސައްކަތް ކުރާ ބަދަލުތަކާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ހިޔާލު ހޯދާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅު ވެއްޖެ އެވެ.
ވީޑިއޯއެއް މެދުވެރިކޮށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ދިރާސާއެއް ގައުމީ ޔުނިވާސިޓީން ފަށާފައިވާ ކަމަށާއި ދިރާސާއަށް ފަހު އެކަމާ ގުޅޭ މަޝްވަރާތައް ރައްޔިތުންނާއެކު ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ،ރައްޔިތުންނަށް ފެންނަ ގޮތް ހޯދަން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެންނަ އިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ