ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލިތާ ދެ ދުވަސްފަހުން, އަދި އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުން, އޭނާ ޝަހީދު ކޮށްލުން ސަރުކާރުން ކުށްވެރި ކޮށްފައިވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައިކަން ހާމަ ވެއްޖެއެވެ.
އެކަން ހާމަ ކޮށްފައިވަނީ, ފަލަސްތީނުގެ ހައްގު ހޯދުމަކަމަށް ވިދާޅުވެ, ފަލަސްތީނާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ ފުރަތަމަ ކުރެޑިޓް ނެގުމަށް މުއިއްޒު ފާއުތުވެދިޔަ ތަނުގައި ޓުވީޓު ކުރައްވަމުން ގެންދެވި ނަމަވެސް, ފަލަސްތީނުގެ ހައްގުވައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް އަވަހާރަކޮށްލުން ކުށްވެރިކޮށް މިއަދާއި ހަމައަށްވެސް ޓުވީޓު ކޮށްފައި ނުވާތީއެވެ.
އިސްމާއިލް ހަނިއްޔާ ޝަހީދު ކުރުން މިސަރުކާރުން ކުށްވެރި ކޮށްފައިވަނީ, އޭނާގެ ޖަނާޒާވެސް ބޭއްވި ފަހުންނެވެ. އަދި އިސްމާއިލް ހައްނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިސްރާއީލުގެ ނަންވެސް ގެނެސްފައެއް ނުވެއެވެ.
އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްލާއިލް ހާނިޔެ ވަޑައިގެން ހުންނެވި ގެކޮޅަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.
އެހެންނަމަވެސް ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރި ކޮށްފައެއް ނުވެއެވެ.
މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށް ދެމުންނެވެ.
އެންމެ ދެ ފޮޅުވަތުގެ ބަޔާނަކުން, އިސްރާއީލުގެ ނަން ނުގެނެސް, ހަމާސްގެ ލީޑަރުގެ ޝަހީދު ކޮށްލުން ސަރުކާރުން ކުށްވެކުރީ އޮޅުވާލަން! އިސްލާމީ އުއްމަތުގެ ލީޑަރަކު ޝަހީދު ކޮށްލުން ކުށްވެރިކޮށް ޓުވީޓު ކުރާކަށް މުއިއްޒު ބޭނުމެއް ނުވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ