ތޮއްޑޫ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި

ތޮއްޑޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.
މިމަސައްކަތް ފަށްޓަވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. 
77,426,106 ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.84 ކިލޯމީޓަރު ހިމެނޭހެން 5 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ތޮއްޑޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ސަރުކާރުން އާރްޑީސީ އާއި ހަވާލުކުރި މަޝްރޫއެކެވެ.
އއ. ތޮއްޑޫގެ މަގުތައް ތަރައްޤީ ކުރަނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރާ ގޮތަށް ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ