ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ކަޓުވާލުމަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ޖާގަ ހޯދައިފިއެވެ.
ބޮރޫޝިޔާ ޑޯޓްމުންޑް ސެމީގެ ޖާގަ ހޯދީ ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ގެވަނަ ލެގު، 2-4 ގެ ނަތީޖާއިން ކާމިޔާބުކޮށް، 4-5 ގެ އެގްރިގޭޓް ނަތީތާއިން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ޑޯޓްމުންޑް ބަލިވި ނަމަވެސް ރޭގެ މެޗު އެޓީމުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ.
މިއީ 2013 ވަނަ އަހަރަށް ފަހު، ބޮރޫޝިޔާ ޑޯޓްމުންޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ ޑޯޓްމުންޑް އިންނެވެ. އެގޮތުން ވަރަށް ގާތްގާތުުގައި އެޓީމުން ދެ ލަނޑު ޖަހައި ލީޑު ހޯދިއެވެ. ޑޯޓްމުންޑް ގެ ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ހޫލިއަން ބްރަންޑްޓް ޖަހައިދިން އިރު، ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖަހައިދިނީ އިއާން މާޓްސެންއެވެ.
އެތުލެޓިކޯ އިން ދެ ވަނަ ހާފް ފެށުނުތަނާ އިތުބާރު ހޯދީ، ޑޯޓްމަންޑްގެ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ، މާރިއޯ ހާމޯސޯ ބޮލުން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ނަތީޖާ އެތުލެޓިކޯ އިން ހަމަހަމަކުރީ 64 ވަނަ މިނިޓްގައި އެންހެލް ކޮރޭއާ ޖެހި ލަނޑުންނެވެ. މި ލަނޑާ އެކު، އެގްރިގޭޓުން އެތުލެޓިކޯ އަށް ކުރި ލިބުނު ނަމަވެސް، ހިތްވަރު އެލުވައިނުލައި ކުރި މަސައްކަތުން، ޑޯޓްމަންޑުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައިގެން މެޗުން ކުރިހޯދާފައިއެވެ. ޑޯޓްމަންޑްގެ ފަހު ދެ ލަނޑު ޖެހީ ނިކްލަސް ފުލްކްރޫގް އާއި މާސެލް ސަބިޓްޒާ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޑޯޓްމުންޑް ކުޅެން ޖެހޭނީ ރޭ ބާސެލޯނާ އަތުން މޮޅުވި ފްރާންސްގެ ޕީއެސްޖީއާ އެވެ.
ޗެމްޕިއަންސް ލީގު: ބާސާ ކަޓުވާލުމަށް ފަހު، ޕީއެސްޖީ ސެމީއަށް އެމްޑީޕީން އެންޓި ކެމްޕޭނުކުރާ މައްސަލަ އީސީ އަށް ހުށަހަޅައިފި ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި ނަޝީދު މަޝްވަރާކުރައްވައިފި ހޯމް މިނިސްޓަރު އިތުރުފުޅު ހެއްދެވިކަމަށް ޑިމޮކްރެޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ