އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކޮންފަރެންސްއަކަށް ނަޝީދު ދިއްލީއަށް

އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ)ގައި ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ އެވެ.އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ އަވައްޓެރި ސްރީލަންކާ އަށާއި އިންޑިއާއަށް ދަތުރެއްނުކޮށް ރާއްޖޭގެ ކެމްޕޭނެއް ފުރިހަމަ ނުވާނެ ކަމަށެވެ."އެހެން ނޫންނަމަވިޔަސް، މި ދެންނެވިހެން އިންޑިއާ ކަނޑާ ގުޅޭގޮތުން ހިނގާ މަޝްވަރާތަކުގައި އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމަކީ ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.އެ ކޮންފަރެންސްގައި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.އޯޝަން ރިމް އެސޯސިއޭޝަނުން އިންތިޒާމުކުރާ 10 ވަނަ އައިއޯޑީ އޮންނާނީ ނިއުދިއްލީގަ އެވެ.މި ޑަޔަލޮގްގެ ޝިއާރަކީ "އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިންގް ވޯލްޑް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ