މާލެ އާއި ގުޅިފަޅު ސަރަހައްދުގެ ކަރަންޓު ވިއުގަ ގުޅާލަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މާލެ އާއި ވިލިނގިލި އަދި ގުޅިފަޅުގައި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ނުވަތަ އެއް ކަރަންޓު ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ޗައިނާގެ، ޓީބީއީއޭ ގްރޫޕާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން ގުޅިފަޅު ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑަށް ބޭނުންވާ ވަރުގެ ނެޓްވޯކެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަރަންޓު މެނޭޖުކުރުމަށް 150 މެގަވޮޓުގެ ޑުއެލް-ފިއުލް ޕަވަ ޕްލާންޓެއް ހަދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ޑުއެލް-ފިއުލް ޕްލާންޓް މެދުވެރިކޮށް ތެލާއި ގޭސް ބޭނުންކޮށްގެން އިންޖީނު ހިންގޭނެ އެވެ.
We are thrilled to announce that STELCO has officially signed a Memorandum of Understanding with TBEA Group Co., Ltd., China. This landmark agreement is a significant step forward in enhancing the Maldives’ energy infrastructure.Key highlights of the partnership include:… pic.twitter.com/wHSnKh54w6
އެ ޕަވަ ޕްލާންޓް ހަދަނީ ތިލަފުށީގަ އެވެ. ޓީބީއީއޭ ގްރޫޕާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެކަމުގެ ދިރާސާތައް ފަށައި، އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ސަރަހައްދުގައި ގާއިމުކުރާ ކަރަންޓު ވިއުގަ ގުޅާލެވޭނީ ތިލަމާލެ ބްރިޖު އެއްކޮށް ނިމުމުންނެވެ. މީގެ ކުރިން ސިނަމާލެ ބްރިޖާ އެކު މާލެ އާއި ހުޅުމާލެ އާއި ހުޅުލޭގެ ކަރަންޓު ވިއުގަ ގުޅާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ