މަސްތުވާތަކެތީގެ މައްސަލައަށް ސަރުކާރުން އަހަންމިއްޔަތުކަމެއް ނުދޭ: ގާސިމް

މަސްތުވާތަކެއްވާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަން ނުދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ،
ގާސިމް މިހެން ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުންކުރައްވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ، ދައުލަތުން ކަމެއް ރަނގަޅުކުރަން ބޭނުންވީމަ، އެކަމެއް ވާނެކަން ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށެވެ. އަދި ބަޔަަކަށް ވަޒީފާ ދޭންވީމަ، ފެނަކައާއި ރޯޑް ކޯޕަރޭޝަނުން ވަޒީފާތައް އުފައްދަމުން އަންނަ ގޮތް ވަރަށް ރީއްޗަށް ފެންނަކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ މިއަދު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނަށް ފަރުވާދީ، އެދާއިރާގައި ހަރަކާތްތެރިވާ ޑޮކްޓަރުން ނެތިގެންދާ ދިޔުމުން ހާމަވެގެންދަނީ އެކަމަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭންބޭނުންވާ މިންވަރުކަމަށް ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
މުޖްތަމައުން ހަލާކުވަމުންދާއިރު، ވެރިކަމަށް އައުމުގެ ކުރިން ކޮންމެ ބޭފުޅެއްގެވެސް ސިޔާސީ ވައުދުތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުން ހިމަނާކަން ގާސިމް އިބްރާހީމް ފާހަގަކުރެއްވިއެެވެ ރައްޔިތުންގެ މަޖިލީހަކީ މިބާވަތުގެ ކަންކަމަށް ސަރުކާރު ޒިންމާދާރުކުރުވަން އޮތް ތަންކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ހަސަން ލަތީފް ހުށަހެޅުއްވި މިގަރާރަށް ގިނަ މެމްބަރުން ވަނީ ތާއީދުކުރައްވާ ބަހުސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ