ޓެކްނިކަލް މައްސަލައެއް ދިމާވެގެން މާލޭގައި މިރޭ ކަރަންޓު ކެނޑުނު ހުރިހާ ހިސާބުތަކަށް އަލުން ކަރަންޓު ދީފި އެވެ.
ވީ ކިހިނެއް؟ - މިރޭ އަށެއް ޖެހި ފަހުން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން ގިނަ ފިހާރަތައް ބަންދުކުރި އެވެ. އަދި އާއްމުން ދިޔައީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ތަފްސީލް - ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީ ނިމުނީ މިރޭ 9:50 އެހާއިރު އެވެ.
ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނިގޮތުގައި ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
ބުނީ ކީކޭ؟ - ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނު ސަބަބު އަވަހަށް ދެނެގަނެވުނު ނަމަވެސް އަލުން ކަރަންޓު ދިނުން ލަސްވީ މައްސަލަ ދިމާވި ޓްރާންސްފޯމަރަށް އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ، މުޅި މާލެއިން ކަރަންޓު ކެނޑިދާނެތީ އެފަދަ ކަމެއް ދިމާނުވާނެކަން ޔަގީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
ގުޅުން ހުރި ކަމެއް - ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ގިނަ އިރުތަކެއް ވަންދެން މުޅި މާލެއިން ކަރަންޓު ކެނޑުނެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ