މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް

ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރި އާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ފުލުހުން ބަލަހައްޓާނެ އެވެ.
މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދު ކުރަން ފުލުހުންގެ ހަރަކާތްތައް އިތުރުކުރާނެ އެވެ. އެއީ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ނުދިނުމަށެވެ.މީގެ އިތުރުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރި އާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ފުލުހުން ބަލަހައްޓާނެ އެވެ. އަދި ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކް ކުރުން މަނާ ކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުން މަނާ ސަރަހައްދުތައް ވެސް ބަލަހައްޓާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ