މޫސުން ގޯޯސްވާނެ ކަމަށް ލަފާކޮށް، ދެކުނަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރުއްވައިފިއެވެ.
މި އެލާޓް ނެރެފައި ވަނީ ލ .އަތޮޅުން އައްޑުއާ ހަމައަށެވެ. މި އެލާޓްގެ ވަގުތަކީ، ފަތިހު 5:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހޫނު ގަދަ ދުވަސްވަރެކެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ