ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓާއެކު، އިތުރު މަންޒިލްތަކެއްގެ ގޮތުގައި ރަޝިއާ އަދި ސައުތު ކޮރެއާއަށް ދަތުރުތައް ފެށިގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، އެއަރކްރާފްޓުގެ މެނިފެކްޗަރާ އެއަރބަސްއާއި ގުޅިގެން ކުރި މަސައްކަތާއެކު ވީހާވެސް އަވަހަކަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެވޭނެ ކަމަށާއި، މިއާއެކު ބައިނަލްއަޤުވާމީ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށޭނެ ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.
"ކުރިއަށްއޮތްތާގައި އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާއާއި ސައުތު ކޮރެއާއަށް ދަތުރުތައް ފެށުމަށް މަސައްކަތް މިހާރު ކުރެވެމުންދަނީ." އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިޔާސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، މި ދުވަސްވަރަކީ، ދުނިޔޭގެ މާކެޓްކައި ވައިޑް ބޮޑީ އެއާކްރާފްޓްތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރަކަށް ވުމާއެކު، އެއާކްރާފްޓް އެވެއިލަބިލިޓީ ނުވަތަ މަތިންދާ ބޯޓުތައް ލިބުމުގަ ހުރީ ވަރަށް މަދު އަދަދެއް ކަމަށާއި އެހެންނަމަވެސް، އެއާބަސް އާއި އެކު ކުރެވުނު މަޝްވަރާތަކުގެ މަތިން، މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓް މޯލްޑިވިއަން އަށް ލިބިގެންދާނެކަމަށެވެ.
މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓާއެކު ރަޝިއާ އަދި ކޮރެއާއަށް ދަތުރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ