ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓްއިން މައުލޫމާތު ދޭ ގޮތުގައި ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދަ އެރުންވެސް އެކަށީގެންވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާއިރު، ގުގުރުންވެސް އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކޮށްފައިވަނީ 40 މޭލަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެއެވެ. ވިލާގަނޑޫގައި ރާއްޖޭގެ ހުރިހާ ހިސާބަށްކަށްވެސް ވައިގަދަވާނެކަމަށްވެއެވެ.
މެޓުން ލަފާކުރާ ގޮތުގައި ދެކުނު އަތޮޅުތަކުގައި ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު 4 ފޫޓާ ދެމެދުގައި އަދި މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުގެ ރާޅު ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް އުފުލޭނެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާއިރުގައިއާއި، އެނޫނަސް އެހެން ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ، ހުރިހާ ހިސާބަކަށްވެސް ވައިގަދަވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ