ޔޫއޭއީގެ ލަގްޒަރީ ސެންޓް ބްރޭންޑެއް ކަމަށްވާ "ރޭހާން" އިން އަލަށް ތައާރަފްކުރި އަޒުލް އާއި އަލޯހާ ސެންޓްގެ ލޯންޗިން އިވެންޓް ރާއްޖޭގައި ބާއްވައިފި އެވެ.
ރާއްޖޭގައި "ރޭހާން" ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޕްލާޒާއާ ގުޅިގެން އެ އިވެންޓް ބޭއްވީ ސަން ޝިޔާމް އިރުފުށި ރިސޯޓުގަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ އިވެންޓުގެ ފުރަތަމަ ދުވަސް ހާއްސަކުރީ ދެ ސެންޓު ލޯންޗްކުރުމަށެވެ.
ދެ ވަނަ ދުވަސް "ރޭހާން" ގެ ނަން އަޅާފައިވާ ވޯޓާ ޕާކަކާއެކު ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަަކަށް ހާއްސަ ކުރިއިރު، ތިން ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ ޔޮޓެއްގައި ބޭއްވި ހަރަކާތްތަކަށެވެ.
އެމެރިކާ އާއި ސްޕެއިން އާއި ބްރެޒިލް އަދި މެކްސިކޯ ފަދަ އެކި ގައުމުތަކުގެ އިންފްލުއެންސަރުން ބައިވެރިވި އެ ހަރަކާތަކީ ރާއްޖޭގެ ރީތިކަމާއި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އަންނައިރު ލިބޭ ތަޖުރިބާތައް އިސްތިހާރުވި އިވެންޓެއްގެ ގޮތުގައި އެ އިވެންޓު ބޭއްވުމުގައި ބައިވެރިވި ޕްލާޒާއިން ބުންޏެވެ. އަދި އެއީ ކާމިޔާބު ލޯންޗިން އިވެންޓެއް ކަމަށާއި އިވެންޓުގެ ކަންތައްތައް އިންތިޒާމް ކުރުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށް ކުންފުނިން ބުންޏެވެ.
ރޭހާންއިން ބޭއްވި ލޯންޗިން އިވެންޓުގެ ވީޑިއޯއެއް.
"ރޭހާން" އިން ލޯންޗުކުރި އަޒުލް އާއި އަލޯހާއަކީ ރާއްޖެ ފަދަ ޓްރޮޕިކަލް ގައުމުތަކާއި ހޫނު މޫސުމުގެ ހިތްގައިމުކަމާ ގުޅުވައިގެން ނެރުނު ސެންޓެކެވެ. "ރޭހާން"އިން އަޒުލް ސިފަކުރަނީ ފްރެޝް ސެންޓެއްގެ ގޮތުގަ އެވެ. އަދި އެއީ ހޫނު މޫސުމާއި ބީޗަށް ދާ ދުވަސްތަކާއި ގުޅޭނެ ސެންޓެއްގެ ގޮތުގައި "ރޭހާން" އިން ފާހަގަކުރެ އެވެ.
ސިޓްރަސް ނޯޓުތަކެއް ޓޮޕް ނޯޓުތަކުގައި ހިމެނޭ އެ ސެންޓުގެ ހިތްގައިމު ވަސް 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ހުންނާނެ އެވެ. އަދި އެއީ ދެ ޖިންސާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓެކެވެ.
"ރޭހާން" ގެ އަލޯހާ ސެންޓަކީ ހޫނު މޫސުމުގެ ވެކޭޝަންތަކާ ގުޅޭނެ ފްރުޓީ ސެންޓެކެވެ. އޭގައި ބްލަޑް އޮރެންޖާއި މެލަން ފަދަ މޭވާގެ ހިތްގައިމު ވަސްތައް ޓޮޕް ނޯޓުގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. އަދި ދެ ޖިންސާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ މި ސެންޓުގެ ވަސް ހަ ގަޑިއިރާ އަށް ގަޑިއިރާ ދެމެދުގެ ވަގުތަކަށް ދެމި ހުންނާނެ އެވެ.
"ރޭހާން" އިން އަލަށް ލޯންޗްކުރި އަޒުލް އާއި އަލޯހާ މިހާރު ޕްލާޒާއިން ލިބެން ހުންނާނެ އެވެ. ޕްލާޒާގެ ފިހާރަތައް މާލޭގެ ރަށްދެބައިމަގުގައި އަދި މަޖީދީމަގުގައި ހުރެ އެވެ. އަދި އައްޑޫގައި ވެސް ޕްލާޒާގެ ފިހާރައެއް ހުރެ އެވެ. އަދި ޕްލާޒާ އޮންލައިން މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ.
ރޭހާންގެ އާ ދެ ސެންޓް، އަޒުލް އާއި އަލޯހާ ލޯންޗްކުރީ ރާއްޖޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ