މިދިޔަ މަހު ސިއްހީ ދާއިރާގެ އަގުތައް ބޮޑުތަނުން އުފުލުނު : އެމްބީއެސް

މިދިޔަ މަހު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކާ އަގުތައް 3.78 ޕަސެންޓް ވަނީ އުފުލިފަ އެވެ. ހުރިހާ ބައިތަކެއް އެއްކޮށް ބަލާނަމަ ރާއްޖޭގެ އިންފްލޭޝަން މިދިޔަ އަހަރު ހުރީ 3.24 ޕަސެންޓުގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ބޮޑަށް އަގު އުފުލިގެން ގޮސްފައި ވަނީ ސިއްހީ ދާއިރާ އެވެ. މި ދާއިރާއިން އިންފްލޭޝަން ވަނީ 2.73 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. 
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިއްހީ ދާއިރާގެ އަގުތައް ޑިސެމްބަރު މަހު 2.73 ޕަސެންޓަށް އުފުލިގެން ދިޔައިރު މިދިޔަ އަހަރުގެ ޑިސެމްބަރާއި އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ކިޔާނަމަ މި ދާއިރާގެ އަގު ވަނީ 7.17 ޕަސެންޓަށް އުފުލިފަ އެވެ. 
މިދިޔަ މަސް ވަކިން ބަލާނަމަ އިންފްލޭޝަން ވަނީ 0.49 ޕަސެންޓަށް އުފުލިފަ އެވެ. ނަމަވެސް ނޮވެމްބަރު އަގު އުފުލިފައިވަނީ 0.02 ޕަސެންޓަށެވެ. މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލުނު މޭވާގެ ބާވަތް ތަކުން 4.78 ޕަސެންޓުގެ އުފުލުމެއް ފާހަގަ ކުރެވެ އެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ އަގުތައް ވެސް ވަނީ 5.29 ޕަސެންޓަށް އުފުލިފަ އެވެ. އަދި ޕްރައިމެރީ އަދި ސާނަވީ ތައުލީމުގެ އަގުތައް ވެސް ވަނީ 9.79 ޕަސެންޓް ވަނީ އުފުލިފަ އެވެ. މެއިންޓެނަންސް 10.68 ޕަސެންޓަށް އުފުލިފައިވެ އެވެ. ސެކަންޓްރީ އެޑިއުކޭޝަން 11.45 ޕަސެންޓަށް އުފުލިފައިވެ އެވެ. މިދިޔަ މަހު އެންމެ ބޮޑަށް ދަށްވެފައިވަނީ ތަރުކާރީ އެވެ. އެ ބައިން 4.14 ޕަސެންޓް އުފުލިފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ