އޮޅިގެން 300 ފަހަރަށް ޖަމާކުރެވުނު ފައިސާ ހިފައިގެން މުވައްޒަފަކު ފިލައިފި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީއަށް ނިސްބަތްވާ މުވައްޒަފަކަށް މަހަކު ދޭންޖެހޭ މުސާރަ އޮޅިގެން 330 ފަހަރަށް ޖަމާކުރުމުން، އެ މުވައްޒަފު ފިލައިފިއެވެ.
ރިފޯޓްތައް ބުނާގޮތުގައި ޗިލީގެ މަސް ކުންފުންޏެއް ކަމަށްޗާ ކޮންސޯސިއޯ އިންޑަސްޓްރިއަލް ޑި އަލިމެންޓޮސްގައި ޑިސްޕެޗް އެސިސްޓަންޓެއްގެ މަގާމުގައި މަސައްކަތްކުރާ މުވައްޒަފެއްގެ އެކައުންޓަށް ވަނީ 165 މިލިއަނަށް ވުރެ ގިނަ (ޗިލިއަން ޕެސޮސް (180 ހާސް އެމެރިކަން ޑޮލަރު) އޮޅިގެން ޖަމާކޮށްފައެވެ.
އަދި 165 މިލިއަނަށް ވުރެ ގިނަ ޗިލިއަން ޕެސޮސް އޭނާގެ އެކައުންޓައް ޖަމާކޮށްފައިވާއިރު، އެ ކުންފުނިން އޭނާއަށް މުސާރާއިގެ ގޮތުގައި ދޭންޖެހެނީ އެންމެ 500 ހާސް ޕެސޮސް (545 އެމެރިކާ ޑޮލަރު) ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ބިޔަ އަދަދު އެކައުންޓައް އޮޅުމަކުން ޖަމާވެފައިވާ ކަމުގެ މައުލޫމާތު އެ މުވައްޒަފު ވަނީ އޭނާގެ މެނޭޖަރު ގާތުގައި ބުނެފަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެއަށްފަހު މެނޭޖަރު އެ މައްސަލަ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅައި، ބޭންކަށް ގޮސް އިތުރު ފައިސާ އަނބުރާ ދިނުމަށް ބޭންކުގައި ވެސް ވަނީ އެދިފައެވެ.
ޖެހިގެން އައި ދުވަހު ބޭންކަށް ދާން އެއްބަސްވި ނަމަވެސް، އެ ފައިސާ ހިފަހެއްޓުމަށް ފަހު އޭނާ ވަނީ ފިލާފައެވެ.
އެ މުވައްޒަފު ވަނީ ވަކީލެއް މެދުވެރިކޮށް ކޮންސޯސިއޯއަށް އިސްތިއުފާދީފައެވެ. އަދި އެއަށް ފަހު އޭނާއަށް ވީނުވީ އެއްވެސް ނޭނގޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ.
ކޮންސޯސިއޯ އިން އެ މަސައްކަތްތެރިޔާއާ ދެކޮޅަށް ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު މިމައްސަލާގައި ހައްޔަރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ