އެމްސީ ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓުމަންޓުގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހަމީދު އަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން އެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. 
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލާގައި ދައުލަތުން ވަނީ ހަމީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ.
ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުގައި 2012 ވަނަ އޮގަސްޓް މަހުގައެވެ. ވަޒީފާއިން ވަކިކުރި އިރު ޗީފް ސުޕްރިޓެންޑެންޓެއްގެ ރޭންކުގައި ހުރި ހަމީދު އޭރު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށެވެ. ނަމަވެސް 2013 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ހަމީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ