އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަންކަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ތިން ސަރުކާރެއް އައިސްފައިވާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ދަނީ އިތުރުވަމުން ކަމަށް ވެސް ވިދާޅުވިއެވެ.
މި ބަހުސްގައި އުމަރު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި 200 އެއްހާ އިންޑިއާ ސިފައިން އެބަތިބި ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަން އޭނާ 2019 ވަނަ އަހަރު ސަމާލު ކަމަށް ގެނައުމުން އޭރު ބައެއް ސިޔާސީ ފަރާތްތަކުން މަލާމާތްކުރި ކަމަށެވެ.
އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިކަން ފާހަގަކުރައްވާ އުމަރު ވަނީ ހެލިކޮޕްޓަރުތަކާއެކު ރާއްޖެއިން ދިއުމަށް ޔާމީން އެންގެވި ނަމަވެސް އިންޑިއާ ސިފައިން ނުދިޔަ ކަމަށް ވިދާޅުވެފައެވެ.
ޔާމީން ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރެެއްވި އުމަރު ވިދާޅުވީ އިންޑިއާ ސިފައިންގެ ވިސާ ކެންސަލް ކުރުމުން ވެސް ނުދިޔަ ކަމަށާއި ހެލިކޮޕްޓަރު ބާއްވާފައި އޮތްތަނުން ކަރަންޓު ކަނޑާލުމުން ވެސް އެ މީހުން ނުދިޔަ ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމަށް ވަރުގަދަ ލީޑަރެއް ބޭނުންވާ ކަމަށް އުމަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ