މިރޭ ބޮޑު ހަވާ އަރުވާ ގަޑި ފަސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިރޭ މާލެ ވަށައިގެން ހަވާ އަރުވާ ގަޑި ބަދަލުވެއްޖެ އެވެ.
ބުނީ ކީކޭ؟ - އެމްއެންޑީިއެފްއިން ބުނީ މިރޭ ހަވާ އަރުވަން މިހާރު ހަމަޖެހިފައިވާ ގަޑިއަކީ 9:40 ކަމަށެވެ.
"އިވެންޓު ހިނގަމުންދާ ގޮތުން ގަޑިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް،" އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
ތަފްސީލު - މީގެ ކުރިން ހަވާ އަރުވަން ހަމަޖައްސާފައި އޮތީ މިރޭ 8:30ގަ އެވެ. އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި:
މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާނެ
އަދި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެ
މި ރީތިކަން 6 މިނިޓަށް ފެންނާނެ 
ގުޅުންހުރި ކަމެއް - އާ ޓާމިނަލް ހުޅުވަން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުމުގެ އިތުރުން މިރޭ ޑްރޯން ޝޯއެއް ބޭއްވުމަށް ވެސް އެމްއޭސީއެލްއިން ވަނީ ރާވާފަ އެވެ.
އެނގުން މުހިއްމު - މީގެ ކުރިން އެންމެ ގިނައިރު، އަދި އެންމެ ބޮޑުކޮށް ހަވާ އަރުވާފައިވަނީ، ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އެކަމަކު އެންމެ 'ކުލަގަދަ' ހަވަޔާއެކު މާދަމާ ރޭގެ ރަސްމިއްޔާތު އަނެއްކާވެސް ތާރީހުގެ ތެރެއަށް ވަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ