ނިއުޔޯކްގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްރާއީލާ ދެކޮޅު މުސްލިމް ކެންޑިޑޭޓަށް ޓްރަމްޕް އިންޒާރު ދެއްވައިފި
ވޮޝިންޓަން (2 ޖުލައި 2025) : އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރަކަށް ވުމަށް ޓަކައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓްކަން ހޯދާފައިވާ ޒަހްރާން މަމްދާނީ އަކީ ކޮމިއުނިސްޓް އުސޫލުތައް ގެންގުޅޭ ވާތު ފިޔައިގެ ފިކުރުމުގެ ބޭފުޅެއްކަމަށް ސިފަކުރައްވައި އޭނާ ހައްޔަރު ކުރަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޒަހްރާން މަމްދާނީ އަކީ ފަލަސްތީނުގެ ހައްގުތަކަށް ފާޅުގައި ގޮވާލައްވާ އަދި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލު އާންމެއް ކަމަށް ސިފަކުރައްވާ މުސްލިމެކެވެ. އޭނާ އަކީ ޔުގަންޑާއިން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ މުސްލިމް އާއިލާއެއްގެ ބޭފުޅެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މިހާތަނަށް ބޭއްވި ތިން ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ މަމްދާނީއެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އިސްރާއީލަށް ތާއީދުކުރާ ބޭފުޅެއްކަމަށްވާ ނިއުޔޯކް ސްޓޭޓްގެ ކުރީގެ ގަވަރުނަރު އަދި ދުވަސްވީ ސިޔާސީ ތަޖުރިބާކާރު އެމެރިކާގެ ދޮން ނަސްލުގެ އެންޑްރޫ ކޫމޯއެވެ. ކޫމޫއަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށްޓަކައި އިސްރާއީލަށް ތާއީދުކުރާ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުން ވަރަށް ކެމްޕޭން ކުރިއެވެ. އަދި އެމެރިކާގެ ޔަހޫދީ މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކުން މިލިޔަނުން ޚަރަދު ކުރިއެވެ. ނަމަވެސް އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކޮށްފައިވަނީ ކޭންޕެއިނަށް މާބޮޑު ޚަރަދެއް ނުކުރައްވާ 33 އަހަރުގެ މުސްލިމް ކެންޑިޑޭޓް ޒަހްރާން މަމްދާނީއެވެ. މިކަމާ ގުޅިގެން ޓްރަމްޕްގެ އިތުރުން ޔަހޫދީ އިސްރާއީލާ އަދި އެމެރިކާއަށް އަތްގަދަކޮށްފައިވާ ޔަހޫދީ މަހުޖަނުންނާއި ޔަހޫދީ ލޮބީ ގްރޫޕްތައް ވެސް ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޒަހްރާން މަމްދާނީގެ ކާމިޔާބީއަކީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ޚިޔާލަށް އައިސްފައިވާ ބޮޑު ބަދަލެއްކަމަށް ވަނީ ބެލެވިފައެވެ. މި މައްސަލާގައި ރުޅިވެރިކަން ފާޅުކޮށް ޓްރަމްޕް ވަނީ ޒަހްރާން މަމްދާނީ އަކީ ބޭރުން އެމެރިކާއަށް ހިޖުރަކޮށްގެން އެމެރިކާގެ ރަށްވެހިކަން ހޯދައިގެން އުޅޭ މީހެއްކަމަށް ސިފަކުރައްވައި އޭނާ ހައްޔަރުކޮށް ޔުގަންޑާއަށް ފޮނުވާލަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕްގެ މި އިންޒާރާއެކު އެމެރިކާގެ ޑިމޮކްރަސީގެ ފެންވަރާއި އޭގެ ހަގީގަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އަދި މިއީ އެމެރިކާގެ އެލީޓުންނާއި ޔަހޫދީ ޒަޔަނިސްޓް މަހުޖަނުން ކޮންޓްރޯލްކުރާ އެމެރިކާގެ ޑިމޮކްރަސީއަށް ކުރިމަތިވާ ވަރުގަދަ އިމްތިހާނެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެމެރިކާގެ ޑިމޮކްރަސީގެ އިތުރުން އެމެެރިކާގެ މީޑިއާތައްވެސް ކޮންޓްރޯލް ކުރަނީ އެމެރިކާގެ އެލީޓުންނާއި ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނެވެ. ޔަހޫދީ ޒަޔަނިސްޓުންނާ އިދިކޮޅު މީހަކު ޑިމޮކްރަސީގެ ޕްރޮސެސްގެ ތެރެއިން ވެސް އެމެރިކާގެ އިސްމަގާމަކަށް އައުމަކީ އެމެރިކާއަށް އަތްގަދަކޮށްފައިވާ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި ޔަހޫދި މަހުޖަނުންނާއި ކުންފުނިތައް ގަބޫލުކުރާނެ ކަމެއް ނޫންކަމަށް ވަނީ ބެލެވިފައެވެ. މިހާލަތުގައި ޒަހްރާންގެ ފުރާނަވެސް ދުއްވާލަފާނެކަމުގެ ކަންބޮޑުވުން ޒަހްރާންގެ ކެމްޕޭން ޓީމުން ވަނީ އިހްސާސްކުރަން ފަށާފައެވެ. ނިއުޔޯކް ސިޓީގެ މޭޔަރަކަމުގެ އިންތިޚާބުގައި ޒަހްރާން މަމްދާނީ ކުރިމަތި ލައްވަން ޖެހޭނީ އެ ސިޓީގެ މިހާރުގެ މޭޔަރު އެރިކް އެޑަމްޒް އާއެވެ. ޔަހޫދީ އިސްރާއީލަށް ތާއީދުކުރާ އެރިކް އަކީ ކޮރަޕްޝަނާއި ފަސާދައިގެ އެތައް ތުހުމަތުތަކެއް ކުރިމަތިވެފައިވާ ބޭފުޅެކެވެ. އޭނާ އިންތިޚާބަށް ކުރިމަތިލައްވަނީ މުސްތަގިއްލު ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ