ނައިޖީރިއާގެ ކުރީގެ ރައީސް މުހަންމަދު ބުހާރީ އުމުރުން 82 އަހަރުގައި އިނގިރޭސިވިލާތުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ އަސްކަރީ ލީޑަރު އަމިއްލަފުޅަށް ޑިމޮކްރެޓިކް ބޭފުޅެއް ކަމަށް ދައުވާކޮށް އިންތިހާބުން ވެރިކަން ހޯއްދެވި އެވެ. ނަމަވެސް އޭނާގެ ވެރިކަން ނިމުމާ ހަމައަށް ވެސް ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ނުކޮށްދެވުނެވެ.
ތިން ފަހަރެއްގެ މަތިން ނާކާމިޔާބުވުމަށް ފަހު ބުހާރީ ވަނީ 2015 ވަނަ އަހަރު އޭރު ވެރިކަމުގައި ހުންނެވި ރައީސް ބަލިކުރައްވައި ތާރީހީ ކާމިޔާބީއެއް ހޯއްދެވި އެވެ. އަދި 2019 ވަނަ އަހަރު އަނެއްކާވެސް ހަތަރު އަހަރުގެ އިތުރު ދައުރަކަށް ހޮވިވަޑައިގަތެވެ.
އުތުރުގެ ފަގީރު އާބާދީތަކުގެ މެދުގައި ބުހާރީ އަކީ އަބަދު ވެސް މަގުބޫލު ބޭފުޅެކެވެ. އޭނާ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އިދިކޮޅު އިއްތިހާދުގެ ފައިދާއާ އެކު އެވެ.
އޭނާއަށް ތާއީދުކުރެއްވި ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި، އުތުރުގައި ހިނގަމުން ދިޔަ އިސްލާމީ ހަރުކަށި ފިކުރުތަކަށް ހަރުދަނާ ގޮތެއްގައި ހައްލު ހޯދުމަށް އޭނާގެ އަސްކަރީ ތަޖުރިބާ އާއި ހަރުކަށި ތާރީހަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އޭގެ އިތުރުން ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ވަކި ބަޔަކަށް މަގުފަހިވާ ގޮތަށް ހުރި ކަންކަމަށް ހައްލެއް ހޯއްދަވައި ނައިޖީރިއާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.
ނަމަވެސް އޭނާގެ ދައުރު ފެށުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމާއި ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާގެ ތެރޭގަ އެވެ.
ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީ 82 އަހަރުގައި އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ