މަސްވެރިކަމުގެ މާކެޓިން ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އަހުމަދު ޝަރީފް

މިފްކޯގެ ޗެއާޕަރސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން ވަކިކޮށް، މަސްވެރިކަން އިޝްތިހާރު ކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏަށް ބަދަލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ބުނީ ގދ. ތިނަދޫ، ސޯމާ އަހުމަދު ޝަރީފް މިފްކޯގެ ޗެއާޕަރސަންގެ މަގާމުން ވަކިކުރުމަށްފަހު ބަދަލުކޮށްފައިވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓުން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން، އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑަށާއި ޗެއާޕަރސަންގެ މަގާމަށް ކަމަށެވެ.
އެމްފޯމްޕީސީއަކީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް އުފެއްދި ހާއްސަ ކުންފުންޏެކެވެ. މި ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ