ޕާކިސްތާނުން 14 އަހަރު ފަހުން ފުރަތަމަ ފަހަރަށް، އަދި 22 އަހަރު ފަހުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 2.1 ބިލިއަން ޑޮލަރުގެ ކަރަންޓް އެކައުންޓް ސަރޕްލަސްއެއް ހާސިލްކޮށްފިއެވެ.
މި ސާޕްލަސް ހާސިލުކުރެވުނީ ބޭރުގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުންގެ ފަރާތުން ލިބުނު ރެކޯޑު އަދަދެއްގެ ރެމިޓެންސްއާއި، އެކްސްޕޯޓްގެ ދާއިމީ ކުރިއެރުމާއި، އިޤްތިޞާދު ހަރުދަނާކުރުމަށް އަމާޒުކޮށްގެން ގެނެވުނު އޮނިގަނޑުގެ އިސްލާހުތަކުގެ ސަބަބުންނެވެ. މި ކަންކަމަކީ ދުނިޔޭގެ ޕާކިސްތާނު މުޖުތަމަޢުގެ އިތުބާރާއި ސަރުކާރުގެ ވަރުގަދަ މަސައްކަތުގެ ނަތީޖާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފަވެއެވެ.
މި ކަމާއި ގުޅިގެ އެ ޤައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އިޤްތިޞާދީ ޓީމުގެ ވަފާތެރި މަސައްކަތަށް ތަޢުރީފުކުރައްވައި، މި ކާމިޔާބީއަށް މަގުފަހިކޮށްދިން ސްޓްރެޓެޖިކް ޕްލޭނިންގ އަދި އިސްލާހުތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ސާޕްލަސްއަކީ އެދެވޭ ބަދަލެއްކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
''14 އަހަރު ފަހުން ފުރަތަމަ ފަހަރަށް، ޕާކިސްތާނުން 2.1 ބިލިއަން ޑޮލަރުގެ އަހަރީ ކަރަންޓް އެކައުންޓް ސަރޕްލަސްއެއް ހާސިލްކޮށް، 22 އަހަރު ފަހުން އެންމެ ބޮޑު އަދަދު ރެކޯޑުކޮށްފައިވޭ، ރެކޯޑު އަދަދެއްގެ ރެމިޓެންސްއާއި، އެކްސްޕޯޓްގެ ކުރިއެރުމާއި، އޮނިގަނޑުގެ އިސްލާހުތަކަށް ދެވުނު ސަމާލުކަމުގެ ސަބަބުން ހާސިލުކުރެވުނު މި ކާމިޔާބީއަކީ ބޭރުގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުންގެ އިތުބާރާއި ޤައުމުގެ ޢަޒުމުގެ ހެއްކެއް، އިޤްތިޞާދީ ޓީމުގެ ފާހަގަކޮށްލެވޭ މަސައްކަތަށް ޚާއްޞަ ޝުކުރެއް އަދާކުރަން'' ބޮޑުވަޒީރު އެކްސްގައި ވިދާޅުވެފަވެއެވެ.
ޕާކިސްތާނުގެ އެނަލިސްޓުންގެ ގަބޫލުކުރާ ގޮތުގައި ކަރަންޓް އެކައުންޓް ސަރޕްލަސްގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަވެ، ޕާކިސްތާނު ރުޕީސްގެ އަގު ވަރުގަދަވެ، މުޅި އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެއެވެ.
އެކްސްޕޯޓް ދާއިރާތަކަށް އިންވެސްޓްކޮށް، އިސްލާހުތައް ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަޒުމް ކަނޑައަޅާފައިކަމަށް ޕާކިސްތާނު މީޑިއާތަކުން ބުނެފަވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޕާކިސްތާނުން 14 އަހަރު ފަހުން ފުރަތަމަ ފަހަރަށް 2.1 ބިލިއަން ޑޮލަރުގެ އަހަރީ ކަރަންޓް އެކައުންޓް ސަރޕްލަސްއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ