އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރުގެ ގޮތުގައި ހުންނެވި އާދަމް އާޒިމަށް ކަށަވަރު ވެއްޖެއެވެ.
އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު ފަހު 2:30 ގައެވެ. 8:00 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ އިރު، މިހާރު އަންނަނީ ވޯޓު ފޮށިތައް ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރަމުންނެވެ.
އެމްޑީޕީ ޕްރައިމަރީގެ މިހާތަނަށް ގުނާފައިވާ ނަތީޖާ ދައްކާ ގޮތުގައި މާލޭގެ މޭޔަރު ކަަމށް ކުރިމަތި ލެއްވި އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން މިހާރު ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް އަށް ވަނީ 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައެވެ.
މާލޭގެ މޭޔަރު ކަމުގެ ޓިކެޓް ކަށަވަރުވެފައިވާ މިހާރުގެ ވެސް މޭޔަރު އާޒިމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ ކެންޑިޑޭޓެވެ. އަލީ އާޒިމަށް ތާއީދު ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް 510 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މާލޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން 14 ފޮއްޓެއް އަދި މާލެއިން ބޭރުގައި 34 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެމްޑީޕީގެ މޭޔަރު ޓިކެޓް އާދަމް އާޒިމް ކަށަވަރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ