ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ބަންގްލަދޭޝް ރައްޔިތަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ ވަގުތުން ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
ފުލުހުން ކުރި މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ފެނިފައިވަނީ ވިލިމާލެއިންނެވެ. އޭނާ ސަލާމަތްކުރުމަށްފަހު، ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ފަރުވާއަށްފަހު މިހާރު އެ މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިރިހެނުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންނަކީ:
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މީގެ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ