ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރިމަތިލުމަށް އެންމެ ހަތަރު ދުވަސް ދިނުމަށް ފަހު ކަސްޓަމްސްއަށް 48 މުވައްޒަފުން ނަގަން އިއުލާންކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ "އެސިސްޓަންޓު ކަސްޓަމްސް އޮފިސާ ޓްރޭނީ" ގެ މަގާމަށް 48 ފުރުސަތު ހުޅުވާލާފަ އެވެ. މި މަގާމުގެ ޝަރުތަކީ ސާނަވީ އިމްތިހާނުގައި ދަށްވެގެން "ޑީ" ފާސް ލިބުމާއި ދިވެހި މާއްދާއިން "ސީ" ހޯދާފައިވުމެވެ.
މިއަދު ކުރި އިއުލާނުގައިވާ ގޮތުން މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އެޕްރީލް 1، ގެ 23:00 އެވެ.
އެ މަގާމުގެ މުސާރައިގެ ގޮތުގައި 10،000ރ. އަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.
އަންނަ އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ ވަޒީފާއެއް ނަގަން މި ސަރުކާރުން އިއުލާންކުރަމުން ދަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓުތަކަށް ބަލާއިރު ޔޫތު މިނިސްޓްރީގައި އެކަނިވެސް ގިނަ އަދަދެއްގެ ސިޔާސީ މުައްޒަފުން މި ހަފުތާގައި ވެސް ވަނީ ވައްދައިފަ އެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ފަސް މީހަކަށް ވަޒީފާ ދީފައިވެ އެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން އަންނަނީ ބޮޑު މުސާރައިގައި އެތައް ބަޔަކަށް ވަޒީފާ ދެމުންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރޮޖެކްޓުތައް ނުހިންގާ ރަށްރަށަށް އެކި މަގާމުތަކަށް ނަގަމުން އަންނަ މުވައްޒަފުންނެވެ.
އިންތިހާބާ ދިމާކޮށް ކަސްޓަމްސްއިން 48 ވަޒީފާއަށް އިއުލާންކޮށްފި، ކުރިމަތިލާން އޮތީ ހަތަރު ދުވަސް އިންތިހާބާ ދިމާކޮށް ކަސްޓަމްސްއިން 48 ވަޒީފާއަށް އިއުލާންކޮށްފި، ކުރިމަތިލާން އޮތީ ހަތަރު ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ