ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅު ކަތިލާއިރު މުއައްސަސާތައް ހޭލަންޖެހޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރު ނެރެ، އެ މީހުން ފުލުހަށް ހާޒިރުވާން ޗިޓު ވަނީ ފޮނުވާފަ އެވެ.
އަދަދު ނޫސް ހިންގާ އިދާރާއަށް ފުލުހުން ވަދެ ޖިނާއީ ބޮޑު ތަހުގީގެއް ފެށުމާ ގުޅިގެން ސަރުކާރުގެ ދިފާއުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް ގެންދަވަނީ ސޯޝަލްމީޑިއާގައި އަޑުއުފުލަމުންނެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޗޭ ވިދާޅުވީ ރައީސް މުއިއްޒުގެ އަބުރުފުޅު ކަތިލަމުންދާއިރު މުއައްސަސާތައް ހޭލަންޖެހޭ ކަމަށާއި އަދި މިކަން ކުރާ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރަންޖެހޭ ކަމަށެވެ.
ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސްގެ އަބުރުފުޅު ކަތިލާއިރު މުއައްސަސާތައް ހޭލަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ