އޮއިވަރު މެންޓަލް ހެލްތުކެއާ ރިސާޗް ކޮންފަރަންސް ޕާޓްނަރަކަށް ބީއެމްއެލް

އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިންގ
ޕާޓްނަރއަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކި އެކި ފަރާތްތަކާއެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި ވަނީ މި ކޮންފަރެންސް އިންތިޒާމް ކުރާ ފަރާތާއި، ބީއެމްއެލް އާ ދެމެދު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިންގ ޕާޓްނަރއަކަށް ބީއެމްއެލް ވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް
އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސް ބޭއްވުމަށް
ހަމަޖެހިފައިވަނީ މިއަހަރުގެ މެއިމަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ.
ބީއެމްއެލުން ބުނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް
މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް
މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދިނުމުގެ އިތުރުން މުޖުތަމައުތަކުގެ ދުޅަހެޔޮކަން
ކުރިއެރުވުމަށް އެ ބޭންކުން އަބަދުވެސް އިސްކަންދޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ