އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައިފި

އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވައިފި އެވެ.އެ ރިސޯޓު ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޮގަސްޓް 2020 ގަ އެވެ. އޭގެ ކުރިން އެ އަހަރުގެ އޮޕަރޭޝަންތައް އޮތީ މެދުކަނޑާލައިފަ އެވެ.އައްޑޫ ވިލިނގިލީގައި ހަދާފައިވާ 132 ވިލާ ހިމެނޭ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ.ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓ މީހާ އަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ