ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވެއްޖެ

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ މިއަދު އަވަހާރަވެއްޖެއެވެ.
ހާލިދާ ޒިއާ އަވަހާރަވެފައިވަނީ ވަރަށްގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު ޑާކާގެ ހޮސްޕިޓަލެއްގައެވެ. ހާލިފާ ޒިއާ އަވަހާރަވެއްޖެކަން ބަންގްލަދޭޝްގެ ޤައުމީ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ހާލިދާ ޒިއާ ނިސްބަތްވެ ވަޑައިގަންނަވާ ބަނގްލަދޭޝްގެ ނެޝަނަލިސްޓް ޕާޓީން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވެސް ވަނީ އެކަމަނާ އަވަހާރަވެއްޖެކަމަށެވެ. ހާލިދާ ޒިއާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާ އަވަހާރަވީއިރު، ގެންދެވީ ގިނަ ބަލިތަކަކަށް ފަރުވާ ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރިމަތިވި ފުރަމޭގެ މައްސަލަތަކާއި، އާތްރައިޓްސް އަދި ހަކުރުބަލި ފާހަގަކޮށްލެވެއެވެ. 
ހާލިދާ ޒިއާގެ ފުއްޕާމޭގައި އިންފެކްޝަން ހެދިގެން ބަނގްލަދޭޝްގެ އެވަރކިއާ ހޮސްޕިޓަލްގައި މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހު ވަނީ އެޑްމިޓްކޮށްފައެވެ.
ހާލިދާ ޒިއާ އަކީ ބަނގްލަދޭޝްގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ އެންމެ ފުރަތަމަ އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވެވީ 1991 ފެށިގެން 1996 އަށެވެ. އަދި ދެވަނަ ފަހަރަށް 2001 ކުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށެވެ. ހާލިދާ ޒިއާއަކީ ބަނގްްލަދޭޝްގެ ކުރީގެ ރައީސް ޒިއާއުރް ރަހްމާންގެ އަނބިކަނބަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ