ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް
މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ބޭފުޅެއްގެ ކުންފުންޏަކަށް ނުގަވައިދުން ބިމެއް ދީފައި އޮތް މައްސަލަ ބެލުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރަން ފޮނުވުމުން، މޭޔަރުގެ އާއިލީ ބޭފުޅަކު ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ބައްޕައަށް ގުޅުއްވައި އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ. އެ މައްސަލައަކީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 2027ގެ ނިޔަލަށް ބާކީ މުއްދަތު އޮތް އެގްރީމަންޓެއް ސީއައިއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އޮއްވައި، ހަމަ އެ ބިން މޭޔަރު އާދަމް އާޒިމްގެ ބޮޑުބޭބެއެއްގެ ކުންފުނި ކަމަށްވާ ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ވަސްމީރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ މައްސަލައެއް ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަމަވެސް ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްދީފައި ނުވާތީ އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކުރުމަށް އެދި ކައުންސިލަރު ނަހުލާ، މޭޔަރަށް ހުށަހެޅުއްވި ކަންކަމަކީ: ކައުންސިލުން މާލެ ސަރަހައްދުގައި މިވަގުތު ދީފައިހުރި ޕާކިން ޖާގައިގެ އެގްރިމަންޓުތައް އާނުކޮށްދީ، ލަސްވަމުންދާ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނައުން. ކައުންސިލް ފްލޯއަށް ނުގެނެސް، ރޯ މަސް މާރުކޭޓުގެ ސެކަންޑް ފްލޯގައި ލޭބާ ކުއާޓަރަކަށް ބޭނުންކުރާ ތަނެއްގެ އެގްރީމަންޓެއް ނެތްކަމަށް ބުނެ އަދި ކުލި ވެސް ދައްކަމުން ނުދާ ތަނެއް ކަމަށް ބުނެ ކައުންސިލުން 10 ދުވަހުގެ ނޯޓިސް ދީ، ތަން ހުސްކުރަން އެންގި މައްސަލަ. ނޮވެމްބަރު 2025ގައި ގެޒެޓުކުރި އެ ކައުންސިލްގެ ބިމުގެ ދަފްތަރުގައި ހިމެނޭ ބައެއް ފަރާތްތަކަށް ބިން ހަވާލުކޮށްފައި ނުވާ މައްސަލަ. މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 2027ގެ ނިޔަލަށް ބާކީ މުއްދަތު އޮތް އެގްރީމަންޓެއް ސީއައިއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އޮއްވައި، ހަމަ އެ ބިން މޭޔަރު އާދަމް އާޒިމްގެ ބޮޑުބޭބެ ރަޝީދުގެ ކުންފުނި ކަމަށްވާ ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ވަސްމީރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ މައްސަލަ. މި ހަތަރު މައްސަލަ ވެސް ވިދިވިދިގެން ދެ ހަފުތާ ކައުންސިލް ޖަލްސާއަށް އެޖެންޑާ ކޮށްދޭން އެދުމުން ކޮށްދީފައިނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި، މޭޔަރަށް ފެނިވަޑައިގަންނަވާ ކަންކަން އެކަނި ޖަލްސާތަކަށް އެޖެންޑާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. ލާމަރުކަޒީ ގާނޫނުގައި ވަރަށް ޞަރީހަކޮށް ބަޔާންކޮށްފައި އޮންނާނެ، ކައުންސިލަރަކު އެޖެންޑާކުރުމަށް ސިޓީ ފޮނުވުމުން، އެޖެންޑާކުރުމަށް މޭޔަރުގެ މައްޗަށް ލާޒިމުކަމަށް. އެކަމަކު ހިތަށް އެރި ފަހަރަކު ނޫނީ ހުށަހަޅާ ކަންކަން އާދަމް އާޒިމް އެޖެންޑާކޮށް ނުދެއްވާ، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ނަހުލާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް އެޖެންޑާކޮށްދީފައި ނުވަނީ، މޭޔަރުގެ އާއިލީ ބޭފުޅަކަށް ގަވައިދާ ޚިލާފަށް ބިމެއް ދޫކުރި މައްސަލަ ހިމަނާފައި އޮތުމުންނެވެ. އެ ބިން ދޫކުރި އެގްރިމަންޓު މިހާރު ބާތިލުކޮށްފައިވީ ނަމަވެސް، އެ އެގްރިމަންޓު ބާތިލުކޮށްފައި ވަނީ ކައުންސިލް ފްލޯއަށް ވެސް ނުގެނެސް ކަމަށާއި، ގަވައިދުގައިވާ ގޮތުން ކައުންސިލުން ހަދާ އެގްރިމަންޓެއް ބާތިލުކުރެވޭނީ ކައުންސިލް ފްލޯއަށް ގެނެސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 3،330 އަކަފޫޓުގެ ބިމެއް ކަމަށާއި، އެ ބިން ދޫކުރިކަން ކައުންސިލުން ނެރުނުގެ ބިމުގެ ދަފްތަރުގައި ފެންނަން އޮތް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ވަސްމީރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އަދި އާރްސީސީގެ ހިއްސާ ވެސް އޮންނަ މޭޔަރުގެ ބޮޑުބޭބެ ރަޝީދުގެ ދަރިފުޅު އަދި އެޗްޑީސީގެ ބޯޑު ޑައިރެކްޓަރު މުހައްމަދު ވިޝާމް، ވަނީ އޭނާގެ ބައްޕައަށް ގުޅައި އޭނާއަށް މަރުގެ އިންޒާރު ދީފައި ކަމަށް ނަހުލާ ފުލުހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވެއެވެ. މަރުގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައިވާ އިބާރާތަކީ "ނަހުލާ އެ އުޅެނީ ދުނިޔޭގައި އުޅެން ބޭނުން ނުވެގެންތަ؟ ދުނިޔޭގައި އުޅެން ބޭނުންވާނަމަ ބުނޭ މަގޭ ބައްޕައާ ނުބެހޭށޭ،". އަޅުގަނޑުގެ ބައްޕަ އަލީ ވަހީދުގެ ނަންބަރަށް ގުޅާފައި ވަނީ މިއަދު މެންދުރު 13:23ގައި. އަދި އަޅުގަނޑުގެ މަންމައަށް ވެސް ވަނީ އެތައް ފަހަރަކު ގުޅާފައި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެހެންކަމުން މުހައްމަދު ވިޝާމް އޭނާގެ ބައްޕައަށް ގުޅައި، މަރުގެ އިންޒާރު ދީފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ނަހުލާ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ