ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ފާސްކުރި "ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމަނައި އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަހައްޓާ "އެމްވީލޯ" ވެބްސައިޓުގައި ޝާއިއުކޮށްފި އެވެ.
ގާނޫނުއަސާސީއަށް އެ ވެބްސައިޓުގައި ދިޔުމުން ކޮންސޮލިޑޭޓުކޮށްފައިވާ ކަމަށް ފެންނަ ސްކްރީންޝޮޓް
"އެމްވީލޯ" ވެބްސައިޓަކީ 2023 ވަނަ އަހަރުން ފެށިގެން އެޓާނީ ޖެނެރަލް އޮފީހުން ބަލަހައްޓަމުން އަންނަ ވެބްސައިޓެކެވެ. އެއީ ރާއްޖޭގައި އަމަލުކުރެވޭ އެންމެހައި ގާނޫނުތައް، އެ ގާނޫނުތަކަށް ގެނެވޭ އަދާހަމަ ބަދަލުތަކާއެކު އެއް ތަނަކުން ބަލައިލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޑޭޓާބޭސްއެކެވެ.
އަދަދު އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ބަދަލުތައް ވެސް ހިމަނައި ގާނޫނުއަސާސީގެ މާއްދާތައް ޝާއިއުކުރުމަށް ފަހު މިހާރު ވަނީ ނަގާފަ އެވެ. އެ ވެބްސައިޓުގައި ގާނޫނުއަސާސީއަަށް ދިޔުމުން މިހާރު ވެސް އެންމެ މަތީގައި އިން ސުރުހީގެ ދަށުގައި އިނީ "މި ގާނޫނުއަސާސީއަށް ގެނެސްފައިވާ އަށްވަނަ އިސްލާހު ހިމެނޭ ގޮތަށް" ކޮންސޮލިޑޭޓްކޮށްފައިވާ ކަމަށެވެ.
އެ ބިލަކީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރަން ފާސްކޮށްފައިވާ ބިލެކެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ގޮތުން މިފަދަ ބަދަލެއް ގެންނަން ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ތާއިދު ލިބިގެން މެނުވީ އެ ބިލު ތަސްދީގެއް ނުކުރެވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުން ދެކޭ ގޮތްް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ވޯޓުގެ ނަތީޖާ ނުލިބެނީސް އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަހައްޓާ ވެބްސައިޓެއްގައި އެ ބިލު ޝާއިއުކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ރެފަރެންޑަމް ނުބާއްވަނީސް އޭޖީ އޮފީހުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފި ގާނޫނުއަސާސީއަށް ގެންނަ ބަދަލު ރެފަރެންޑަމް ނުބާއްވަނީސް އޭޖީ އޮފީހުގެ ވެބްސައިޓެއްގައި ޝާއިއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ