ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި މީގެ ތެރޭގައި މުޅިން އަލަށް އައުޓްޑޯ ޖިމް ތަރައްގީކުރާ 58 ރަށާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ 13 ރަށް ހިމެނެ އެވެ.
އެޗްޑީސީން ބުނީ 13 ރަށެއްގައި އިކުއިޕްމަންޓް ހަރުކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އިތުރު 08 ރަށެއްގައި މަސައްކަތް މި ވަގުތު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
ބާކީ ރަށްރަށުގެ ކުރެހުން ފާސްކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.
އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ.
އެޗްޑީސީން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ