ޒިއުރިކް (ޖެނުއަރީ 23) - މިދިޔަ އަހަރުގެ ފަސް މަސްތެރޭ، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަމުން ވަކިކުރި އޮސްޓްރޭލިއާގެ ކޯޗު އަންޖް ޕޮސްޓެކޮގްލޫ އަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ ވަޒީފާއެއް ދީފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިންތާ ދެ ހަފްތާ ތެރޭ، މިދިޔަ ޖޫން މަހު، އެ ޓީމުން ވަކިކުރި އޮސްޓްރޭލިއާގެ ކޯޗު، ޕޮސްޓެކޮގްލޫ އަށް ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު، ފޮރެސްޓްގެ ކޯޗުކަންދިންއިރު، އެ ޓީމުގެ މަގާމުގައި އޭނާ އަށް ހުރެވުނީ 39 ވަރަކަށް ދުވަހު އެވެ.
ފޮރެސްޓުން ޕޮސްޓެކޮގްލޫ ކޯޗުކަމުން ވަކިކުރީ ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބޭއިރު، ހަ މެޗުން ބަލިވުމުންނެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި، ޗެލްސީ އަތުން 3-0 އިން ބަލިވި މެޗު ނިމުނުތާ 20 މިނިޓް ތެރޭ ފޮރެސްޓުން ވަނީ ޕޮސްޓެކޮގްލޫ ވަކިކުރިކަން މީޑިއާ އަށް އާންމުކޮށްފަ އެވެ.
ގްރީކް ދަރިކޮޅަށް ނިސްބަތްވާ ޕޮސްޓެކޮގްލޫ އަށް ޔުއެފާ އިން ދީފައިވަނީ، ޓެކްނިކަލް އޮބްޒާވަރެއްގެ ވަޒީފާއެެކެވެ. އެ ގޮތުން، އޭނާގެ ފުރަތަމަ އެސައިމަންޓަކީ، ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އާސެނަލުން އިންޓަ މިލާން އަތުން މޮޅުވި މެޗެވެ.
ކުރިން ސެލްޓިކާއި އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ޕޮސްޓެކޮގްލޫގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި، ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ތަފްސީލީ ރިޕޯޓްތައް ތައްޔާރުކުރުން ހިމެނެ އެވެ.
ފަސް މަސް ތެރޭ ދެ ޓީމަކުން ވަކިކުރި ޕޮސްޓެކޮގްލޫ އަށް ޔުއެފާގެ ވަޒީފާއެއް ފަސް މަސް ތެރޭ ދެ ޓީމަކުން ވަކިކުރި ޕޮސްޓެކޮގްލޫ އަށް ޔުއެފާގެ ވަޒީފާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ