މުދާ އުފުލާ ބޯޓެއް ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ބޯޓުން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މުދާ އުފުލާ އެ ބޯޓު ބަންޑުން ޖަހާލި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެ ބޯޓުގައި ހުރީ ކޮން ކަހަލަ މުދަލެއްކަން ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.
މި ދޯނިން ގެއްލިގެން ހޯދަމުން ދަނީ ދިވެހިން ކަމެއް ކަމެއް ނުވަތަ ބިދޭސީން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ