އައްޑޫގެ މަޝްރޫއުތައް ނުހިނގާ ސަބަބު ހޯދަން މިނިސްޓަރު މުއްތަލިބް މަޖިލީހަށް ހާޒިރުކުރަނީ
މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަައްޑުު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ބިންގާ އެޅި މަޝްރޫއުތައް ކުރިއަށް ނުދާތީ އެ މައްސަލައިގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރައްވަން މީދޫ މެންބަރު އަބްދުއްރަހުމާން (އައްދު) ހުށަހަޅުއްވައިފި އެވެ.މިނިސްޓަރު މުއްތަލިބް މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) އެވެ.އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރު މުއްތަލިބް މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ހުށަހެޅުއްވީ އޭނާގެ ދާއިރާގެ ރައްޔިތުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން މިނިސްޓަރާ ސުވާލުކުރަން އެދުމުން ކަމަށެވެ.އޭނާ ހުށަހެޅުއްވި ސުވާލުގައި ވަނީ؛ އައްޑޫމީދޫގައި ސަރުކާރުގެ ފަރާތުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްރަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތަކާއި، މެނިފެސްޓޯގައި އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ސިޓީ ކައުންސިލް ނުވަތަ އައްޑޫއަށް ނިސްބަތްވާ މަޖިލީސް މެންބަރުންގެ އެއްބާރުލުން ލިބިނުލައްވައިގެންތޯ؟ މިކަންކަން ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލީސް މެންބަރުން ކޮންކަމެއް ކޮށްދެއްވީމަތޯ؟"އިއްޔެ ރައްޔިތުންނާއިއެކު އަޅުގަނޑު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަޒީރާއީ ކުރަން އަޅުގަނޑުކައިރީ އެދުނު ސުވާލު. މި ސުވާލު އަޅުގަނޑު ވާނީ މިހާރު މަޖިލީހަށް ފޮނުވާފައި،" އަބްދުއްރަހްމާން މިއަދު ސޯޝަލްމީޑީއާގައި ލިޔުއްވާފައިވެ އެވެ.ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ރައީސް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ