އުމްރާއަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ

ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 86 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެއެވެ. ގިބްލަ ގުރޫޕުގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވި ގޮތުގައި، މަރުވީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ މުހައްމަދު ހަސަންނެވެ. އޭނާ މަރުވީ މި މަހު 17 ވަނަ ދުވަހުން ފެށިގެން މައްކާގެ އަލް ނޫރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި، މިހާރު ޖަނާޒާގެ ކަންކަން މައްކާގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަައްސަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ޙައްޖާއި އުމްރާއަށްދާ ބައެއް މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ހިނގާފައިވެއެވެ. ޚާއްސަކޮށް ދުވަސްވީ ބައެއް މީހުން މީގެ ކުރިން ވެސް މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ