ކިޔޫ ވަރަށް ބޮޑު، މިހާރު ފައިސާ ދެއްކުމުން ހައްޖަށް ދެވޭނީ 2040 ގައި!

ހައްޖު ކިޔޫ ވަރަށް ބޮޑުވެ, މިހާރު ފައިސާ ދައްކާ މީހުންނަށް ހައްޖަށް ދެވޭނީ 2040ގައި ކަމަށް, ހައްޖު ކޯޕަރޭޝަނުން ލަފާކޮށްފިއެވެ. ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް, ކޯޕަރޭޝަނާ ގުޅުމުން ބުނީ ހައްޖު ކިޔޫއަށް އެރޭނީ 52500 ރުފިޔާ ދައްކައިގެން ކަމަށާއި ބާކީ ފައިސާ ފަހުން ދެއްކޭނެ ކަމަށެވެ. ޖުމުލަ އަގަކީ 69965 ރުފިޔާއެވެ. މިހާރު ކިޔޫ އޮތް ވަރުން, މިވަގުތު ފައިސާ ދައްކާ މީހުންނަށް އެންމެ އަވަހަށް ވެސް ހައްޖަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ, މީގެ 14 އަހަރު ފަހުން 2040 ގައި ކަމަށް ކޯޕަރޭޝަނުން ބުނެއެވެ. މި ގޮތަށް ދިމާވަނީ ހައްޖަށް ދިއުމަށް ގިނަ ބަޔަކު ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ނުވާތީއެވެ. https://www.sun.mv/213669 ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ގެންދެވެއެވެ. އޭގެ ތެރެއިން ފަގީރުން ހައްޖަށް ގެންދަން ފެށީ މި ސަރުކާރުންނެވެ. ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް އެކި ފަހަރު މަތިން އެކި ސަރުކާރުތަކުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެ ކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ