ރޯދަމަހު އުމްރާއަށް ދާ މީހުންނަށް 1،500 ޑޮލަރު ހަމަޖައްސަން ރައީސް އަންގަވައިފި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކަށް ހަމަލާދިން ދެ މީހުން ބަންދުގެ މުއްދަތުޖަހައިފި ހެލްމެޓު އެޅުންލާޒިމުނޫން ތަންތަނުގައި ހެލްމެޓު އަޅާނަމަ ހުއްޓުވަނީ ރޯދަމަހު މުދާ ވިއް

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި އާއި މަތިމަސް ނުބެހެއްޓޭތީ، އެކަން ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅި މި ގަރާރުގައި ވަނީ ބައެއް ރިސޯޓްތަކުގެ ޑްރެސްކޯޑު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން މުވައްޒަފުން ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
މި ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ރައްޔިތުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި މަތިމަސް ބަހައްޓައިގެން ތިބޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅިފައިވާކަން މި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ޓޫރިޒަމް ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަމަލު ކުރާނެ ގްރޫމިން ސްޓޭންޑަޑަކާއި ޑްރެސްކޯޑެއް އެކުލަވާލުމަށް ގޮވާލާ ސަރުކާރަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ފުރުސަތު ދެނީ ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން 45 ޕަސެންޓް ރިސޯޓުތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ