އޭސީސީގެ ނައިބު ރައީސަކަށް އަހުމަދު ނާޝިދު އައްޔަނުކުރަން މަޖިލީހަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެމްބަރަކަށް މި ފަހުން އައްޔަނުކުރެއްވި އަހުމަދު ނާޝިދު އައްޔަނުކުރައްވަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ. 
ޕޮލިސް ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ އަހުމަދު ނާޝިދަކީ މީގެ ކރުިން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭނާ އޭސީސީއަށް އައްޔަނުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެންނެވެ. 
އޭސީސީގެ ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އިސްލާހުގެ ދަށުން، އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސަކު މަޖިލީހުގެ ރުހުމާ އެކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 
އަހުމަދު ނާޝިދު އޭސީސީގެ ނައިބަކަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ފޮނުއްވައިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ