ލޭ ހަދިޔާކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހެލްތު މިނިސްޓްރީ އާއި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަދި އެހެނިހެން ކޮލެޖުތަކުގެ ދަރިވަރުންގެ ޖަމިއްޔާތަކާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އެއްބަސްވުމުގައި ސޮއިކުރީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމީ ހަފަލާގަ އެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުއްﷲ ނާޒިމް އެވެ.
ތަފްސީލް - އެ އެއްބަސްވުމުގައި ހުރި ކަންކަމަކީ:
ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި އުގަންނައިދިނުމުގެ ތެރެއިންނާއި އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތްކުރުން
އެމްއެންޔޫ އާއި ކޮލެޖުތަކުގެ މެންބަރުންނާއި މުވައްޒަފުންނާ އަދި މުޖުތަމައުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުން
ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާ އެކު މަސައްކަތްކުރުން
ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަށްޓަކައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން
ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާ އެކު މަސައްކަތްކުރުން
ބުނީ ކީކޭ؟ - ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، މި ކެމްޕޭންގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ލޭ ލިބުމުގެ ދަތިކަން ކުޑަވެގެންދާނެ އެވެ. މިއީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރުމަށް އެމްއެންޔޫ އާއި ކޮލެޖުތަކުން ކެމްޕޭނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ