މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރަސްމީ ދަތުރެއްގައި އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، އަބްދުއްރަހީމް ފުރާވަޑައިގެންނެވީ އިންޑިއާގެ ލޮކްސަބާގެ ރައީސް އާއި ރާޖްޔަސަބާގެ ޗެއާމަންގެ ދައުވަތަކަށެވެ.
ތަފްސީލް - އެ ތަނުން ބުނީ:
މި މަހުގެ 14އާ ހަމައަށް ދަތުރުފުޅު ކުރިއަށް ގެންދަވާނެ
މަޖިލީހުގެ އިތުރު ނުވަ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ
މި ދަތުރުފުޅުގައި ލޮކްސަބާގެ ރައީސް އާއި އިންޑިއާގެ ނައިބު ރައީސް އާއި ރާޖްޔަސަބާގެ ޗެއާމަން އަދި އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ