ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރާ ބިލް މަޖިލިހުން ފާސްކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ އިސްލާހު ކޮމިޓީއަށް! އަރުޝަދު ހައްޔަރުކުރުމަށް ނެރުނު އަމުރު ގޯސް: ސްޕްރީމް ކޯޓު އަލީ ވަހީދަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މަގުބޫ

ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސުއޫދު އިސްތިއުފާ ދެއްވަވާ ލިޔުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ސުއޫދުގެ އިސްތިއުފާ މި އައީ އޭނާގެ މައްސަލައެއް ޖޭއެސްސީ އާއި އޭސީސީން ބަލާކަމަށް ބުނެ ސަސްޕެންޑްކޮށްފައި އޮއްވަ އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ