ޔުމްނު ރަޝީދުގެ މައްސަލަ ބަަލަން އުފެއްދި ކޮމިޝަންގެ މެންބަރުންނަށް 5000 އާއި 15000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަންގައި ތިއްބަވާ މެންބަރުންނަށް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ކޮންމެ ކަމަކަށް ބަޖެޓު ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ބޭނުންވާ ނަމަ އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. ކޮމިޝަނުގައި ތިއްބެވި ޑޮކްޓަރާއި ސިއްހީ ދާއިރާގެ މުވައްޒަފަށް، މުސާރަ ހިނގާހެން ވަޒީފާއިން ވީއްލޭ ގޮތަށް އެލަވަންސް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދެން ތިއްބެވި ތިން މެންބަރުންނަކީ އެއްވެސް އިތުރު ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން ކަމަށް ވަތީ އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވެގެން ހުރެ ނުރައްކާތެރިކޮށް ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި ތަހުގީގަކަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން މަގާމުން ވަކިކުރާނަން: ރައީސް ކުރީ ސަރުކާރުގައި އެކުލަވާލީ އަސްކަރީ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް މިހާރު ނެތްކަމަށް: ރައީސް ކަނޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ