މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ފަރީދު ނިޔާވީ މިދިޔަ ހޯމަ ދުވަހު ހަވީރު މެލޭޝިއާއަށް ވަޑައިގެން ބޯޓުން ފޭބިތަނާ އެވެ.
މެލޭޝިއާ ހައިކޮމިޝަނުން ބުނީ ޝައިހް ފަރީދުގެ މައްޗަށް ކަށު ނަމާދު ކުރުން ސައިބަ ޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައި އޮންނާނެ ކަމަށާއި އޭނާ ވަޅުލަން ހަމަޖެހިފައި ވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަގީގައި ކަމަށެވެ.
މައްޔިތާއަށް ޒިޔާރަތްކުރަން ކަނޑައަޅާފައި ވަނީ މެލޭޝިއާ ގަޑިން މިއަދު 11:00 އިން ފެށިގެން 12:30 އާ ހަމައަށެވެ.
ފަރީދުގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އޮންނާނެ އެވެ.
ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.
ފަރީދު އާއި އޭނާގެ ދެ އެކުވެރިން މެލޭޝިއާއަށް ދިޔައީ އިސްލާމިކް ޓޫރިޒަމްގެ ވިޔަފާރިއާ ގުޅޭ މަޝްވަރާތަކަށެވެ.
ޝައިޚު ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ޝައިޚު ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ