އޭއޯ ރޯދައިގެބަދިގެ: ވައިރަލް “އަރަބިއަން ޕުޑިންގ” އޭއޯ ރޯދައިގެބަދިގެ: އޯރިއޯ އައިސްކްރީމް ޝޭކް އޭއޯ ރޯދައިގެބަދިގެ: ތައި ބީފް ސެލަޑް އޭއޯރޯދައިގެ ބަދިގެ: ސޮސެޖް ރިހަ މަގުބޫލު ލިޔުންތައް ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމައަށް ދ

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ސައްބީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ސަބްމެރިން ސޯސް”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
3 ބިހުގެ ހުދުބައި 2 ލޮނުމެދު ކޮށާފައި 2 ސައިސަމުސާ މާމުއި 1 ސައިސަމުސާ މަސްޓަޑް ސޯސް ކުޑަ ލޮނުކޮޅެއް 1 ޓޭބަލް ސްޕޫން ވިނެގާ 1 ޖޯޑު އޮއިލް (ސަންފްލާވާ) 1 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
ތައްޔާރުކުރާނެގޮތް:
މިކްސްޗަރަށް ބިހުގެ ހުދުބައި، ލޮނުމެދު، މާމުއި، މަސްޓަޑް ، ލޮނު އަޅާފައި ބްލެންޑު ކުރާށެވެ. ދެން ވިނެގާ އަޅާފައި އަނެއްކާ މިކްސްޗަރ ޖައްސާލާށެވެ. އެއަށްފަހު 1/2 ޖޯޑު ތެޔޮ އަޅާފައި އަނެއްކާ މިކްސްޗަރ އިން 2-3 މިނެޓަށް ބްލެންޑް ކުރުމަށް ފަހު ބާކީ ތެޔޮފޮދުވެސް އަޅާފައި 10 ސިކުންތަށް ބްލެންޑް ކޮށްލާށެވެ. ނިމުނީމަ އަސޭމިރުސް އަޅާފައި ސަމުސަލަކުން އެއްކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ